ދިވެހި|English Aug 9, 2026 · 01:37
Top banner
Advertisement
ހުރްމޫޒް ކަނޑުއޮޅިން ފީނެގުމުގެ އެއްވެސް ޕްލޭނެއް ނެތްކަމަށް އީރާނުން ވަނީ އަންގާފައި: ވޭންސް އެމެރިކާގެ ނާއިބު ރައީސް ޖޭޑީ ވޭންސް
World

ހުރްމޫޒް ކަނޑުއޮޅިން ފީނެގުމުގެ އެއްވެސް ޕްލޭނެއް ނެތްކަމަށް އީރާނުން ވަނީ އަންގާފައި: ވޭންސް

ޟޟަމްރަތު އަހްމަދުAug 8, 2026

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވިދާޅުވީ، "އީރާނުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން ފީ ނެގުމުގެ ވާހަކަ ދައްކާ. ނަމަވެސް ހުރްމޫޒް ކަނޑުއޮޅިން ފީ ނެގުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އީރާނުން ވަނީ އަޅުގަނޑުމެންނަށް އަންގާފައި،" ކަމަށެވެ.

މީގެ އިތުރުން ގަލްފުގެ ތެލާއި ގޭހުގެ އެކްސްޕޯޓް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އަނބުރާ އަންނާނެ ކަމަށް ވޮޝިންޓަނުން އުއްމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ އީރާނުން ކުރާނެ ކަމަށް އަޅުގަނޑުމެންގާތު ބުނެފައިވާ ގޮތް،" އޭނާ ވިދާޅުވިއެވެ. "ގަލްފުގެ މުޅި ކޯލިޝަނުން ވެސް ބޭނުންވަނީ އެގޮތް. އެކަމަކު، އަޅުގަނޑުމެން އިތުބާރެއް ނުކުރަން، އަޅުގަނޑުމެން ކަންކަން ޔަޤީންކުރަން. އަޅުގަނޑުމެން ހަޤީޤަތުގައި ބަލަނީ މީހުން ދައްކާ ވާހަކައަކަށް ނޫން، މީހުންގެ އަމަލުތަކަށް،"

Related News