ދިވެހި|English Aug 12, 2026 · 14:01
Top banner
Advertisement
އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނީ އެމްޑީޕީ: ޝާހިދު
News

އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނީ އެމްޑީޕީ: ޝާހިދު

މމުހައްމަދު އަލީAug 12, 2026

 އައްޑޫ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި އެތަރައްގީ އެސިޓީއަށް ގެނެސްދޭނީ އެމްޑީޕީ ކަމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ މާލޭގައި ދިރިއުޅޭ އައްޑޫގެ ބައެއް ރައްޔިތުންނާ ރޭ ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ މި ބައްދަލު ވުމުގައި އައްޑޫގެ ތަރައްޤީއާއި، އެމްޑީޕީ ވެރިކަމަކަށް އައްޑޫ ރައްޔިތުން ކުރާ އުއްމީދާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން އެސިޓީގެ ތަރައްގީގެ ތަސައްވަރާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ. "އައްޑޫ ރައްޔިތުން އެދިތިބީ އެމްޑޕީގެ ވެރިކަމަށް. އައްޑޫ ރައްޔިތުން ބޭނުމީ ތަރައްޤީ. އެ ތަރައްޤީ ގެނެސްދޭނީ އެމްޑީޕީ،" ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު މިހާރު ގެންދަވަނީ އެމްޑީޕުގެ ރައީސްގެ ހައިސިއްޔަތުން އެކި ދާއިރާތަކުގެ ރައްޔިތުންނާއެކު ސިލްސިލާ ބައްދަލުވުންތައް ބާއްވާމުންނެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ އެދާއިރާއެއްގެ ކުރިމަގާއި ތަރައްގީއާ ބެހޭގޮތުންނެވެ. ޝާހިދަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނޭ ކަމަށް ބެލެވޭ ބޭފުޅެކެވެ.

 

Related News