ދިވެހި|English Aug 12, 2026 · 17:13
Top banner
Advertisement
އެމްޑީޕީގެ ޑިމާންޑަކީ ކުރިއަށްއޮތް ދިހަ ދުވަސްތެރޭ ޑޮލަރުގެ އަގު ނަވާރަ ރުފިޔާއަށް ތިރިކޮށްދިނުން
News

އެމްޑީޕީގެ ޑިމާންޑަކީ ކުރިއަށްއޮތް ދިހަ ދުވަސްތެރޭ ޑޮލަރުގެ އަގު ނަވާރަ ރުފިޔާއަށް ތިރިކޮށްދިނުން

ޟޟަމްރަތު އަހްމަދުAug 12, 2026

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް މިހުށަހެޅުން ހުށަހަޅުއްވާނީ މާދަމާރޭ އެމްޑީޕީން މާލޭގައި ބާއްވާ "ދަތިވެއްޖެ" މުޒާހަރާގައި ކަމަށެވެ. މި ހުށަހެޅުމާބެހޭގޮތުން އިތުރަށް އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ އަގު 19 އަށް ތިރިކުރުމަށްފަހު އެއްމަސްތެރޭގައި 17 ރުފިޔާއަށް ތިރިކުރުމަކީ ވެސް އެމްޑީޕީގެ ޑިމާންޑެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޒާހަރާ އެބައޮތް މާދަމާރޭ. މި މުޒާހަރާގައި އަޅުގަނޑުމެން ހުށަހެޅުމެއް އެބަ ހުށަހަޅަން ނުވަތަ ޑިމާންޑެއް އެބަކުރަން. އަޅުގަނޑުމެން މިބުނަނީ ކުރިއަށްމިއޮތް ދިހަ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭން. ދެން އެއް މަސް ދުވަސް ތެރޭގައި 17 ރުފިޔާއަށް ކުޑަކޮށްދޭން،"

— ރައީސް ނަޝީދު

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޑޮލަރު ވަރަށްމަދުވެއްޖެ ކަމަށެވެ. އެއީ ޝައްކެއްވެސްނެތް ކަމެއް ކަމަށް ވިދާޅުވިއެވެ. "ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ގޮސް 22 ރުފިޔާއަށް އަރާހަމަވަނީ. މިގޮތަށް ޑޮލަރުގެ އަގު އުފުލިގެންދާ ކަމަށް ވަނީނަމަ ތަކެތީގެ އަގުވެސް ހަމަ އުފުލިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ޑޮލަރު ގަންނަ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭންކު ރޭޓޫން ޑޮލަރު ނުލިބުމުގެ ސަބަބުން ތަކެތގެ އަގު ބޮޑުވަމުން އަންނަ ކަމަށެވެ. އެހެން ކަމުން އެމްޑީޕީން ގެންދަނީ ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތައް ހަފްތާއިން ހަފްތާއިން ބަލުން ކަމަށެވެ. "ތަކެތީގެ އަގުތައް އުފުލިގެންދާ މިންވަރު އަޅުގަނޑުމެން މިދަނީ ދެނެގަންނަމުން. 5 އޮގަސްޓާއި 11 އޮގަސްޓާއި ދެމެދުގައި އަނެއްކާވެސް އެބަހުރި ކިތަންމެ މުދަލެއްގެ އަގު އުފުލިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Related News