ދިވެހި|English Aug 25, 2026 · 15:50
Top banner
Advertisement
ކަނޑުމަގުން މުދާ އެތެރެކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ މާލޭ ޕޯޓުގެ ޖާގަ ކުޑަވުން: ސަޢީދު
News

ކަނޑުމަގުން މުދާ އެތެރެކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ މާލޭ ޕޯޓުގެ ޖާގަ ކުޑަވުން: ސަޢީދު

ހިރި ނިއުސްހިރި ނިއުސްAug 25, 2026

ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މި މަސައްކަތުގެ ދަށުން، އަންނަ އަހަރު ނޮވެންބަރު މަސް ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކުރެވޭނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު މި މަޝްރޫއު އެއްކޮށް ފުރިހަމަ ވެގެންދާނޭ ކަމަށްވެސް ވިދާޅުވިއެވެ. މި މަސައްކަތް ވަރަށް ބާރަށް ކުރިއަދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގައި، ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖުތަކާއި ޑްރައި ގުޑްސް ރައްކާކުރެވޭނެ ވަސީލަތްތައް ވެސް ހަމަޖެހިގެންދާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމުން މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

 

Related News