ދިވެހި|English Sep 16, 2026 · 09:20
Top banner
Advertisement
ދެކުނު ލުބުނާނުގެ ބައެއް ތަންތަން ގޮއްވާލައި ގެތަކެއްގައި ރޯކޮށްލައިފި
World

ދެކުނު ލުބުނާނުގެ ބައެއް ތަންތަން ގޮއްވާލައި ގެތަކެއްގައި ރޯކޮށްލައިފި

އއަހުމަދު މުހައްމަދުSep 15, 2026

ޒަޔަނިސްޓު ސިފައިން ދެކުނު ލުބުނާނުގެ ބިންތު ޖުބައިލް ސަރަހައްދުގެ އަލް-ތީރީ އަވަށުގައި ހުރި އާންމުން ދިރިއުޅޭ ގެތަކެއްގައި ރޯކޮށްލައިފިއެވެ.

ލުބުނާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަޅާފައިވާ ސިފައިން ހިންގި މި ޖަރީމާގައި ވަނީ މަޖްދަލް ޒޫން އަވަށުގެ ބައެއް ތަންތަން ގޮއްވާލައިފައެވެ. އަދި ދެކުނު ލުބުނާނުގެ ބިންތު ޖުބައިލް ސަރަހައްދުގައިވާ އަލް-ތީރީ އަވަށުގެ އާންމުން ދިރިއުޅޭ ގިނަ ގޭގޭގައި ރޯކޮށްފައި ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީންވެސް ވަނީ އިސްރާއީލުގެ ޖާސޫސީ ޑްރޯންތަކާއި ހަމަލާދޭ ޑްރޯންތައް ވެރިރަށް ބޭރޫތުގެ މަތީންނާއި ތިރީން އުދުހެމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ.

ލުބުނާނުގައި މިފަހަރު މިކަން މި ހިނގީ އެ ގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރު ޖޯސެފް އައޫން އެ ގައުމުގެ ދެކުނުގައިވާ ނަބާތިއާ ސިޓީއަށް ކުރެއްވި ޒިޔާރަތުގެ ސަބަބުން  ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި ދިނުމަށް އީރާނުން ވަނީ ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލައްވައިފައެވެ.

 

Related News