ދިވެހި|English Sep 16, 2026 · 09:20
Top banner
Advertisement
އަންދްރޭ ސްޓެނިން އިންޓަނޭޝަނަލް ޕްރެސް ފޮޓޯ ކޮންޓެސްޓް އެގްޒިބިޝަން ތެހެރާންގައި ފަށައިފި
World

އަންދްރޭ ސްޓެނިން އިންޓަނޭޝަނަލް ޕްރެސް ފޮޓޯ ކޮންޓެސްޓް އެގްޒިބިޝަން ތެހެރާންގައި ފަށައިފި

މމުހައްމަދު އަލީSep 15, 2026

އަންދްރޭ ސްޓެނިން އިންޓަރނޭޝަނަލް ޕްރެސް ފޮޓޯ ކޮންޓެސްޓް އެގްޒިބިޝަން އީރާނުގެ ވެރިރަށް ތެހެރާނުގައި ފަށައިފިއެވެ. މިއީ މެހެރް ނިއުސް އޭޖެންސީއާއި އިރާނިއަން ފޮޓޯގްރާފާސް ހައުސްއާ ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.

މި ހަރަކާތުގެ 11 ވަނަ ވާދަވެރި އެޑިޝަން މިހާރު ވަނީ ނިންމާލާފައެވެ. މި ފޮޓޯ މައުރަޒަށް 40 ގައުމަކުން ފޮޓޯގްރާފަރުން ވަނީ ގާތްގަނޑަކަށް 2،000 ފޮޓޯ ބައިވެރިކޮށްފައެވެ. އެ މަސައްކަތުގެ ތެރެއިން، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، ރަޝިއާ، ސްޕެއިން އަދި މިއަންމާ ހިމެނޭ ގޮތަށް 15 ގައުމެއްގެ ޒުވާން ފޮޓޯގްރާފަރުންގެ މަސައްކަތްތައް ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ޒަމާނީ ހާދިސާތައް ދައްކުވައިދޭ ވާހަކަތަކުގެ މަންޒަރުތައް، ވަނީ ޚަބަރާއި ޑޮކިއުމެންޓްރީ ފޮޓޯގްރަފީގެ ސިފާގައި މި މައުރަޒުގައި ދައްކާލައިފައެވެ. އޭގެ ތެރޭގައި އިޖުތިމާއީ އަދި އިންސާނީ ކުރިއެރުންތަކާއި، ނުރައްކާތެރި ހާލަތްތަކާއި، ތިމާވެށްޓާއި، ދުވަހުގެ ދިރިއުޅުމާއި، އަދި ދުނިޔޭގެ އެހެނިހެން ހަގީގަތްތައް ދައްކުވައިދޭ ގޮތަށް މި މައުރަޒުގައި ވަނީ ދައްކާލައިފައެވެ.

ބައިވެރިންގެ މަސައްކަތްތައް އާންމުކޮށް އިންސާފުކޮށްފައިވަނީ، ރޮސިޔާ ސެގޮޑްނިޔާ މީޑިއާ ގްރޫޕުގެ އިސްނެގުމުގެ މަތިން، ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުގެ މާހިރުންނާއި ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑްތައް ހޯދާފައިވާ މަޝްހޫރު ފޮޓޯގްރާފަރުންނެވެ.

ހޮވާލެވޭ މަސައްކަތްތައް ތަފާތު ގައުމުތަކުގައި އެގްޒިބިޝަން ޓުއާއެއްގެ ގޮތުގައި ދައްކާލުމަކީ ބައިނަލްއަގުވާމީ މި މުބާރާތުގެ ޕްރޮގްރާމުގެ ބައެކެވެ.

އަންދްރޭ ސްޓެނިން އިންޓަނޭޝަނަލް ޕްރެސް ފޮޓޯ ކޮންޓެސްޓް އެގްޒިބިޝަނަކީ ޚަބަރު ފޮޓޯގްރަފީގެ ދާއިރާއިން ކޮންމެ އަހަރަކު ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަކީ ޒުވާނުންގެ ހުނަރުތައް ދެނެގަތުމާއި، ޚަބަރު ފޮޓޯގްރަފީގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް އެއްބާރުލުންދިނުމާއި، ރަޝިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑޮކިއުމެންޓްރީ ފޮޓޯގްރަފީގެ މިންގަނޑުތަކުގެ ފެންވަރު މަތިކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި އެގްޒިބިޝަން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

 

Related News