ދިވެހި|English Sep 16, 2026 · 09:20
Top banner
Advertisement
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މާދަމާ ބެއިޖިންއަށް ވަޑައިގަންނަވަނީ
World

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މާދަމާ ބެއިޖިންއަށް ވަޑައިގަންނަވަނީ

އއަހުމަދު މުހައްމަދުSep 15, 2026

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މާދަމާ ބެއިޖިންއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އައި.އާރު.އެން.އޭ ނޫހުން ބުނެފިއެވެ. މިއީ ދެގައުމުގެ ގުޅުމާއި ސަރަހައްދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ކުރައްވާ ދަތުރުފުޅެކެވެ.

ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ އަރަގްޗީ ޗައިނާއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ކަމަށެވެ.

އަރަގްޗީ ބެއިޖިން އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެގައުމުގެ ގުޅުމާ ބެހޭގޮތުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު ކަންކަމާ ބެހޭގޮތުން ޗައިނާގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބަޤާއީ ވިދާޅުވިއެވެ.

Related News