ޕީއެންސީއަށް ނާއިބު ރައީސުން ހޮވައިފިއެވެ. އެ ޕާޓީއަށް ހޮވަންޖެހޭ 6 ނާއިބު ރައީސުން ހޮވާފައިވަނީ ސޯޝަލް ސެންޓަރުގައި މިހާރުކުރިއަށްދާ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުގައި މިއަދު ނެގި ވޯޓުންނެވެ.
އެ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އެންމެގިނަ ވޯޓު ހޯއްދެވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ވޯޓުގައި އެއްހާސް ނުވަދިހަ ފަސް މެންބަރުން ވަނީ ވޯޓުލައިފައެވެ. ނާއިބުންނަށް ހޮވިފައިވާ ބޭފުޅުންނަކީ:
ޢަބްދުﷲ ރާފިޢު: 968 ވޯޓު
އަޙްމަދު ޝިޔާމް: 964 ވޯޓު
ފާޠިމަތު ސައުދާ: 923 ވޯޓު
އިބްރާހީމް ޝުޖާޢު: 862 ވޯޓު
މުޙައްމަދު ސަޢީދު: 833 ވޯޓު
މުޙައްމަދު ޙުސައިން ޝަރީފް: 780 ވޯޓު
މި ހަ ބޭފުޅުން މަޤާމުގެ އިޤްރާރުގައި ސޮއި ކުރެއްވުމުން މިރޭ އޮންނާނެއެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ހަ ބޭފުޅުންގެ އިތުރުން އެހެން ބައެއް މަޤާމްތަކަށް ވެސް ވަނީ މެންބަރުން އިންތިޚާބު ކޮށްފައެވެ.





