ދިވެހި|English Sep 16, 2026 · 17:05
Top banner
Advertisement
ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
News

ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

މމުހައްމަދު އަލީSep 16, 2026

ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ބޯޓު އަތުލައިގެންފައިވަނީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެ ބޯޓު ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގެންފައިވަނީ 16 ސެޕްޓެމްބަރު 2026 ގައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ބޯޓު ގެނެސްފައިވަނީ ކ.ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުންނެވެ. އޭރު އެ ބޯޓުގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވެއެވެ. މި ބޯޓު މާލެ ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Related News