ދިވެހި|English Sep 17, 2026 · 12:59
Top banner
Advertisement
ދިވެހި ބޭސްވެރިންގެ ތަޖުރިބާ ޗައިނާގެ ހަތަރުފާރުން އެތެރެއަށް ވަދެއްޖެ
News

ދިވެހި ބޭސްވެރިންގެ ތަޖުރިބާ ޗައިނާގެ ހަތަރުފާރުން އެތެރެއަށް ވަދެއްޖެ

ޟޟަމްރަތު އަހްމަދުSep 17, 2026

ޗައިނާގެ ޖިއަންގޝީގައި ޝަންގހާއި ކޯޕަރޭޝަން(އެސް.ސީ.އޯ) އޮގަނައިޒޭޝަނުންބާއްވާ "އެސް.ސީ.އޯ.ފޯރަމް އޮން ޓްރެޑިޝަނަލް މެޑިސިންގ" ގައި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ތިން ބޭފުޅަކު ބައިވެރިވަމުންދާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

"އެމްޕަވަރިންގ ޓްރެޑިޝަނަލް މެޑިސިންގ ވިތް މޮޑަރން ޓެކްނޮލޮޖީ ޓު ކޯ-ބިލްޑް ހިއުމަން ހެލްތް ފޯ އޯލް" ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ މި ފޯރަމްގައި މި ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު އަޙްމަދާއި، ނާއިބް ރާއީސް އިބްރާހިމް ސަލީމާއި، އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަންވަރު ނަޢީމެވެ. މި ތިން ބޭފުޅުންވަނީ ޗައިނާގެ ނަންޗަންގައި ހުންނަ "ދަ ފަސްޓް އެފިލިއޭޓެޑް" ހޮސްޕިޓަލަށް ޒިޔާރަށް ކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މި ފޯރަމުގެ މައިގަނޑު އަމާޒަކީ ޓްރެޑިޝަނަލް މެޑިސިންގެ ދާއިރާއިން ޝަންގހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކުރުމެވެ.

މިއީ ޗައިނާގައި ބާއްވާ މިފަދަ ބައްދަލުވުމެއްގައި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ބައިވެރިވާ ފުރަތަމަފަހު ކަމަށް އެޖަމިއްޔާއިން ވަނީ ހާމަކުރައްވައިފައެވެ.

މި ފޯރަމްގެ ސަބަބުން ޓްރެޑިޝަނަލް ބޭސްވެރިކަމުގެ ދާއިރާއާއި އަދި ޗައިނީސް މެޑިސިންގެ ދާއިރާއިން މަޢުލުމާތު ލިގެންދާނެއެވެ. އަދި ދެ ފަރާތުގެ ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން  ބައިނަލް އަޤުވާމީގޮތުން ދިވެހި ބޭސްވެރިކަމަށް ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް މަގުފަހިވެގެންދާނޭ ކަމަށް ވެސް ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ. މިއީ މިދާއިރާއިން ބައިނަލްއަޤުވާމީ ފަރާތްތަކާއެކު ގުޅުން ބަދަހި ކުރުމަށް ލިބިގެންދާނޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރައްވާފައި ވެއެވެ.

Related News