ދިވެހި|English Sep 17, 2026 · 12:59
Top banner
Advertisement
ފުވައްމުލަކުގައި ޑައިވިނަށް ފޭބި  ފަތުރުވެރިއަކު ނިޔާވެއްޖެ
News

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ

މމުހައްމަދު އަލީSep 17, 2026

ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާ ވެއްޖެއެވެ. ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ކަޒަކިސްތާނުގެ ފިރިހެނެއް ކަމަށެވެ. އުމުރުން 55 އަހަރުގެ އެމީހާ ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޑައިވިނަށް ގޮސް އޭނާ ވަނީ 90 މީޓަރު އަޑިއަށް ފީނާ ފައި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ފުންމިނަކީ ރާއްޖޭގައި ފީނަން މަނާކޮށްފައިވާ ފުންމިނެކެވެ.

ފުވައްމުލަކަކީ އެތައް ފަތުރުވެރީންނެއް ދުވާލެއްގެ މައްޗަށް ޑައިވްކުރާ ރަށެކެވެ. އެރަށުގައި މީހުން އާންމުކޮށް ޑައިވްކުރަނީ މިޔަރު ބަލާލުމުގެ ބޭނުމުގައި ކަމަށް ވެއެވެ.

މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:18 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Related News