ދިވެހި|English Sep 18, 2026 · 23:23
Top banner
Advertisement
ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް އަރުވައިފި
News

ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޢިއްޒަށް އަރުވައިފި

މމުހައްމަދު އަލީSep 18, 2026

ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު (2028) މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިރޭ އަރުވައިފިއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނާ ރިޔާސީ ޓިކެޓް ޙަވާލުކޮށްދެއްވީ ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ޕްރައިމަރީއަކާ ނުލައި ރައީސަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވަން ފާސްކުރައްވާފައިވަނީ ކޮންގްރެސްގެ އިއްޔެ ޖަލްސާގައެވެ. އެޖަލްސާގައި ބައިވެރިވި 1119 މަންދޫމުންގެ އިއްތިފާގުން ވަނީ ޕްރައިމަރީއަކާ ނުލައި ރައީސަށް ޓިކެޓް ޙަވާލު ކުރަން ފާސްކުރައްވައިފައެވެ.

 

Related News