ދިވެހި|English Sep 19, 2026 · 13:08
Top banner
Advertisement
ޙަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އީސީން ޕީއެންއެފްއަށް އަންގައިފިއީސީގެ ރައީސް މުޙައްމަދު ޝަކީލް/ ފޮޓޯ ޕީއެސްއެމް
News

ޙަގީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އީސީން ޕީއެންއެފްއަށް އަންގައިފި

މމުހައްމަދު އަލީSep 18, 2026

ޕީއެންއެފުން ފުލުހުގައި އެދިފައިވަނީ ޖީނާއީ މައްސަލައެއްގެ ގޮތުގައި ޝަކީލުގެ މައްސަލަ ތަހުގީގުކޮށް ދެއްވުމަށެވެ. ޕީއެންއެފުން އިއްޔެ ބުނެފައިވަނީ ފުލުހުން އެމައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޕީއެންއެފްގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެފަދަކަމެއް އެ ކޮމިޝަނުން ކުރައްވާފައި ނުވާނޭ ކަމަށާއި، ޕީއެންއެފްގެ ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޕީއެންއެފްގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިއްޔެ ވިދާޅުވެފައިވަނީ އީސީން ޕީއެންއެފްގެ މެންބަރުން ވަކިކޮށް އެހެން ޕާޓީތަކަށް ވައްދާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އީސީން ވިދާޅުވެފައިވަނީ ޕީއެންއެފްގެ މިއަމަލަކީ އާންމުންގެ ތެރޭގައި އެ ކޮމިޝަނާމެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ކަމެއް ކަމަށެވެ. އެހެން ކަމުން އިތުބާރު ގެއްލޭގޮތަށް ހަގީހަތާ ޚިލާފް ވާހަކަ ނުފެތުރުމަށް ވަނީ އެދިވަޑައިގެންފައެވެ. ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރު ކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ވެސް އީސީން ވަނީ އެދިވަޑައިގެންފައެވެ.

ޕާޓީތަކަށް މީހުންވަނުމާއި ވަކިވުމުގެ ނިޒާމް މިހާރު އޮންނަ ގޮތުން އެއްވެސް މީހަކަށް ނޭނގި ޕާޓީއަށް ވެއްދުމަކީ ވެސް އަދި ވަކިކުރުމަކީ ވެސް އަދި އެހެން ޕާޓީއަކަށް ބަދަލު ކުރުމަކީވެސް ކުރެވޭނޭ ކަމެއް ނޫން ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

 

Related News