ދިވެހި|English Sep 19, 2026 · 15:09
Top banner
Advertisement
މާލޭ ސާފުކުރުމުގެ ޒިންމާ އެންމެންނަގަން މޭޔަރ އެދިވަޑައިގެންފި
News

މާލޭ ސާފުކުރުމުގެ ޒިންމާ އެންމެންނަގަން މޭޔަރ އެދިވަޑައިގެންފި

މމުހައްމަދު އަލީSep 19, 2026

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އާޓިފިޝަލް ބީޗް ސަރަޙައްދު ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)، ސްކައުޓް އެސޯސިއޭޝަން، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ) އަދި ކްލީން މޯލްޑިވްސް އިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

މި ހަރަކާތް ފަށްޓަވާދެއްވީ މާލޭސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ. ހަރަކާތް ފަށްޓަވައި ދެއްވަމުން އޭނާ ވިދާޅުވީ މާލެ ސިޓީއަކީ ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަބަދުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނޭ ކަމަށެވެ. ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މީގެއިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، ޒިންމާދާރުކަމާއެކު ކުނި އުކާލުމަކީ މުހިންމުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ގޭބިސީތަކާއި މަގުތަކުގެ އިތުރުން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"ސާފު ސިޓީއަކަށް ހެދުމަށް ކޮންމެ ފިޔަވަޅަކީވެސް ވަރަށް މުހިންމު ފިޔަވަޅެއް. މާލެ ސިޓީ ކައުންސިލުން އެދެނީ ރައްޔިތުންނާއި، ވިޔަފާރިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން މި ސިޓީ ސާފުތާހިރުކޮށް ބޭއްވުމުގެ ޒިންމާ އެކަތިގަނޑަކަށް ވެގެން އެކުގައި ނެގުން،" މޭޔަރ ވިދާޅުވިއެވެ.

 

Related News