ދިވެހި|English Sep 22, 2026 · 23:30
Top banner
Advertisement
ޑިޕްލޮމޭސީއަކީ އަމާންދިނުމެއް ނޫން: ޣާލިބާފް
World

ޑިޕްލޮމޭސީއަކީ އަމާންދިނުމެއް ނޫން: ޣާލިބާފް

އއަހުމަދު މުހައްމަދުSep 22, 2026

ޑިޕްލޮމޭސީއަކީ އަމާންދިނުމެއް ނޫން ކަމަށް އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބާފް ވިދާޅުވެއްޖެއެވެ. އޭނާ ޑިޕްލޮމޭސީ ސިފަކުރައްވާފައިވަނީ ހަނގުރާމައިގެ މައިދާނުން ލިބޭ ބާރު ސިޔާސީ ކުރިއެރުންތަކަކަށް ބަދަލުކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ.

އީރާނުގެ "ސެކްރެޑް ޑިފެންސް ވީކް" ފާހަގަކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޣާލިބާފް ވިދާޅުވީ، އީރާން-ޢިރާޤު ހަނގުރާމައިގެ ތަޖުރިބާއަކީ ނުރައްކާތަކާ ކުރިމަތިލުންތަކެއް ކަމަށެވެ. އެ ތަޖުރިބާ ވެގެންދިޔައީ ސަލާމަތީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ދާޚިލީ އުޞޫލުތަކަށް ބަދަލު ގެންނަން ލިބުނު ފުރުސަތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަޖުރިބާއިން އީރާނަށް ވަނީ އިޤްތިޞާދީ ދާއިރާއިން ކެތްތެރިވުމާއި، ދިފާޢީ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ޓެކްނޮލޮޖީ ހޯދައިގަނެވިފައި ކަމަށެވެ. މީގެ އިތުރުން ބޭރުގެ ފިއްތުންތަކާއި ނުފޫޒުތަކާ ކުރިމަ ކުރިމަތިލުމުގައި އެއްބައިންވަންތަ ވުމަށް ދަސްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣާލިބާފް ވިދާޅުވީ މަޝްވަރާތަކަކީ އިތުރު ހަނގުރާމައެއްގެ ބާވަތެއް ކަމަށެވެ. އެއީ އީރާނުން ހަނގުރާމައިގެ މައިދާން ދޫކޮށްލުމެއް ނޫން ކަމަށް ވެސް ވިދާޅިވިއެވެ. އެއީ ހަނގުރާމަ ނުވަތަ ކުރިމަތިލުމުގެ ބައެއް ޑިޕްލޮމެޓިކް މައިދާނަށް ބަދަލުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި "ސެކްރެޑް ޑިފެންސް" ގެ ޘަޤާފަތުގެ މައްޗަށް ބިނާވެފައިވާ ޑިޕްލޮމޭސީގެ މަޤްޞަދަކީ ހަނގުރާމައިގެ މައިދާނުގެ ބާރު ސިޔާސީ ކާމިޔާބީތަކަކަށް ބަދަލުކުރުމެވެ. މީގެއިތުރުން، އެމެރިކާ ހިމެނޭހެން  ބޭރުގެ އެއްވެސް ބާރަކަށް އީރާނުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

 

Related News