ދިވެހި|English Sep 22, 2026 · 23:33
Top banner
Advertisement
އީރާނުގެ ރައީސް ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހަށް
World

އީރާނުގެ ރައީސް ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހަށް

މމުހައްމަދު އަލީSep 22, 2026

ތެހެރާން، އައިއާރުއެންއޭ – އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަލްޖިއާޒް އެއާޕޯޓުގައި މަޑުކުރައްވައިފިއެވެ. އެވަގުތު ރައީސް މަސްއޫދު ޕެޒެޝްކިއަން އަށް މަރުހަބާ ދެންނެވީ އަލްޖީރިއާގެ އިންޓީރިއަރ މިނިސްޓަރެވެ.

ޕެޒެޝްކިއަން ތެހެރާނުން ފުރާވަޑައިގަތީ އަންގާރަ ދުވަހު އެވެ. އެއީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ މައްސަލަތަކުގައި އިރާނުގެ ސިޔާސަތުތަކާއި އުސޫލުތައް އޭނާ ހާމަކުރައްވާނެއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ޕެޒެޝްކިއަން ވިދާޅުވީ އދ. ގެ މި ބައްދަލުވުމަކީ އިރާނުގެ ސިޔާސަތުތަކާއި، އިރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބާރު ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ނިއުޔޯކްގައި މިއަދު ވަނީ ފަށައިފައެވެ.

 

Related News