ދިވެހި|English Sep 23, 2026 · 13:13
Top banner
Advertisement
ހޮރުމުޒު ގާނޫނުތަކާ ޚިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތައް އީރާނުގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
World

ހޮރުމުޒު ގާނޫނުތަކާ ޚިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތައް އީރާނުގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އއަހުމަދު މުހައްމަދުSep 23, 2026

ކޮމިޓީގެ ތަރުޖަމާނު ޙަސަން ޤަޝްޤާވީ އަންގާރަ ދުވަހު ވިދާޅުވީ "ހޮރުމުޒު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިސްތިރާޖީ އަމަލީ ފިޔަވަޅު" ބިލުގެ 13، 14 އަދި 15 ވަނަ މާއްދާ ކޮމިޓީން ދިރާސާކޮށް ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މުހިންމު ކަނޑުގެ މަގުގައި ހަރަކާތްތެރިވުމާއި ދަތުރުފަތުރުކުރުމުގެ ގަވާއިދުތައް މި ބިލުން ރަސްމީކޮށް ކަނޑައެޅިގެންދާނެއެވެ. މީގެ ސަބަބުން އީރާނުގެ އަސްކަރިއްޔާއަށް ގާނޫނީ އަދި އިގްތިސާދީ ވަރުގަދަ ބާރެއް ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލަށް ފާސްކުރެވުނު 13 ވަނަ މާއްދާގެ ދަށުން، އީރާނުގެ ދަތުރުފަތުރުގެ ގަވާއިދުތަކަށް ނުކިޔަމަންތެރިވާ ކޮންމެ އުޅަނދަކަށް ވަގުތުން ވަގުތަށް ބޮޑެތި ފިޔަވަޅުތަކަކާ ކުރިމަތިލާންޖެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިސްލާމީ ޖިނާއީ ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ އިތުރުން، ގަވާއިދާ ހިލާފުވާ އުޅަނދުގެ މުދަލުގެ 20 އިންސައްތަ ހިފެހެއްޓުމުގެ ނުވަތަ އެއާ އެއްވަރުގެ މާލީ އަގު އަތުލުމުގެ ހުއްދަ މިހާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ކަނޑައެޅިފައިވާ އަދަބުތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ނިމެންދެން، ގަވާއިދާ ހިލާފުވި އުޅަނދު އީރާނުގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުގައި ވަގުތީގޮތުން ހިފެހެއްޓޭނެކަމަށް ޤަޝްޤާވީ ފާހަގަކުރެއްވިއެވެ.

މި ގަވާއިދުތައް ތަންފީޒުކުރުން ތަރުތީބުކޮށް އަދި ޕްރޮފެޝަނަލްކޮށް ކުރިއަށްގެންދިއުމަށްޓަކައި، ހާއްސަ ގޮފިތަކެއް އުފެއްދުމުގެ މެންޑޭޓް ޖުޑީޝަރީއަށް ދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޯޓުތަކުގައި ތިއްބަވާނީ ކަނޑުގެ ގާނޫނާއި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނަށް ހާއްސަ ފަނޑިޔާރުންނާއި މާހިރުން ކަމަށާއި، މީގެ ސަބަބުން އީރާނުގެ ގާނޫނީ އޮނިގަނޑު އެގައުމުގެ ސްޓްރެޓީޖިކް ތަންފީޒީ ގާބިލުކަމާ އެއްގޮތްވެގެންދާނެކަމަށް މަޖިލިސް މެންބަރު އޮޅުންފިލުއްވައިދެއްވިއެވެ.

ސާދަ ވަނަ މާއްދާއާ ބެހޭގޮތުން އޭނާ ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގައި އިހުމާލުވުމުގެ ސަބަބުން ނުވަތަ ކުރި އަމަލެއްގެ ސަބަބުން ގާނޫނު ހިންގުމަށް ހުރަސްއެޅި، ލަސްވެ، ނުވަތަ ފުރިހަމަނުވެއްޖެނަމަ، އެއަމަލެއް ކުރި ކޮންމެ ފަރުދަކު ނުވަތަ ގާނޫނީ އެންޓިޓީއަކާ މެދު އިސްލާމީ ޖިނާއީ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން 5 ވަނަ ދަރަޖައިގެ އަދަބު ދެވޭނެ އެތެރޭގެ ވަރުގަދަ މަސްއޫލުވެރިކަމެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެންމެ މުހިންމު ކަމަކީ، 14 ވަނަ މާއްދާއަށް އިތުރުކުރެވުނު އިތުރު ނޯޓަކުން ހޯރުމުޒު ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ގާނޫނީ ސިޔާދަތު އޮތްކަން ކަށަވަރުކޮށްދިނުން ކަމަށް މެންބަރު އިތުރަށް ވިދާޅުވިއެވެ.

އެ ބަޔާނުގައިވާ ގޮތުން، ހޯރުމުޒު ކަނޑުއޮޅިއާ ބެހޭގޮތުން ކުރިއަށް އޮތް ތަނުގައި ހެދޭ ބައިނަލްއަގުވާމީ ކޮންމެ އެއްބަސްވުމެއް ނުވަތަ ގާނޫނީ ލިޔެކިޔުމެއްވެސް، އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ގާނޫނުއަސާސީގެ 77، 125، 176 އަދި 57 ވަނަ މާއްދާއާ ފުރިހަމައަށް އެއްގޮތްވާންޖެހޭނެއެވެ. މީގެ ސަބަބުން ތެހެރާންގެ ގާނޫނުއަސާސީގެ ސާފު ހުއްދައެއް ނެތި، ބޭރުގެ ދަތުރުފަތުރުގެ އޮނިގަނޑުތައް ކަނޑުއޮޅިއަށް މަޖުބޫރުކުރުމަށް ބޭރުގެ ފަރާތްތަކުން ކުރާ ކޮންމެ މަސައްކަތެއް ބާތިލުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަނޑުގެ މަގު ބެލެހެއްޓުމުގެ ކަންކަން ވަރުގަދަކޮށް ކުރިއަށްގެންދިއުމަށްޓަކައި، ގާނޫނު ތަންފީޒުކުރުމުގެ މުރާޖައާކުރުން އަސްކަރީ ސިފައިންގެ އާންމު ސްޓާފުންނާ ހަވާލުކުރެވިފައިވާކަމަށް 15 ވަނަ މާއްދާގައިވާކަން ޤަޝްޤާވީ ވިދާޅުވިއެވެ. އަދި އަސްކަރީ އިސް ކޮމާންޑުން ތަންފީޒީ ފުރިހަމަ ރިޕޯޓްތައް ކޮންމެ ތިން މަހުން އެއްމަހުން ގައުމީ ސަލާމަތީ ކޮމިޓީއަށް ސީދާކޮށް ނުވަތަ ދިފާއީ ވުޒާރާ މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.

މި ބިލު ގާނޫނަކަށް ވުމަށްޓަކައި، ކޮމިޓީން ބިލުގެ ފައިނަލް މަސައްކަތް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ހުރިހާ މެންބަރުންގެ ފައިނަލް ވޯޓެއް ނަގަންޖެހޭނެއެވެ. އަދި އޭގެ ފަހުން އެއަށް ކައުންސިލުގެ ތަސްދީގުވެސް ލިބެންޖެހޭނެއެވެ.

މި ބިލުގެ މަސައްކަތް ކުރިއަށް މިދަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އަދި އިސްރާއީލުން ހިންގި ޣައިރުގާނޫނީ އުދުވާނީ ހަނގުރާމައަށްފަހު، ޕާޝިއަން ގަލްފާއި ހޯރުމުޒު ކަނޑުއޮޅީގެ މައްޗަށް އީރާނުން ކުރިން ނުފެންނަފަދަ ކޮންޓްރޯލެއް ގާއިމުކުރަމުންދާ ދަނޑިވަޅެއްގައެވެ.

 

Related News