ދިވެހި|English Aug 24, 2026 · 08:06
Top banner
Advertisement
ފުލެޓު ހައްގުވެރީންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފުލެޓު ލިބޭނެ: އިބުރޭ
News

ފުލެޓު ހައްގުވެރީންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފުލެޓު ލިބޭނެ: އިބުރޭ

މމުހައްމަދު އަލީMar 8, 2025
އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދީފައިވާ 4000 ފުލެޓުގެ ތެރެއިން ބާކީކުރި 3119 މީހުންނަށް އެމްޑީޕީގެ ދެން އަންނަ ސަރުކާރުކާރެއްގައި ފުލެޓު ދޭނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިޔުޓީ ޗެއަރޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ މި ސަރުކާރުން ފުލެޓު ނުދީ ޑިސްކޮލިފައިކުރި އެންމެންނަކީވެސް ފުލެޓު ހައްގުވެރީން ކަމަށެވެ. "އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި އެންމެފުރަތަމައަޅާ ފުލެޓުތަކުގައި އެބޭފުޅުންނަށް (ޑިސްކޮލިފައި ކުރި މީހުން) ފުލެޓު ލިބޭނެ،" އިބުރޭ ވިދާޅުވިއެވެ. މިސަރުކާރުން ފުލެޓު ނުދީ ބާކީކުރި މީހުންނަށް އެހީވާން އެމްޑީޕީން ވަނީ މިއަދު ޕޯޓަލްއެއްވެސް ގާއިމް ކޮށްފައެވެ.      

Related News