ވާހަކަ

އަހަރެންގެ އަތުގައި އޮތް ވަޅި ބައްޕައާއި ދިމާއަށް ހޫރާލި ވަޤުތު ޖުމާނާއާއި ޖުވޭދާ އެއްފަހަރާ ހަޅޭއްލަވައިގަތެވެ. ހަމަ އެވަޤުތުމެ، ޖުމާނާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ޖުވޭދާ ދުވެފައިގޮސް ޖުމާނާ ކައިރިޔަށް ތިރިވިއެވެ. އަހަރެންނަށްވެސް ހަމަ ހޭވެރިކަންވީ އެމަންޒަރު ފެނިފައެވެ. ބާރަށް ދުވެފައި ޖުމާނާއާއި ހަމައަށް ދިޔައިމެވެ. އޭރު ޖުވޭދާ ކައިރީގައި އިށީންދެ އިނދެގެން ޖުމާނާއަށް ގޮވަމުން ގެންދިޔައެވެ. އަޑުގެކޮޅަށް ރޮމުންނެވެ. ”ދޮންތާ، ދޮންތާ.“ ދެން އެނާ އެނބުރިލީ އަހަރެންނާއި ދިމާއަށެވެ.....