ވަޢުދުކުރެއްވި ބިން ދޫކޮށް ސަހުޔޫނީން ފިލަނީ!

”އިޒުރޭލުގެ ވައިގެ ބަނދަރުތައް މިވަގުތު އޮތީ ތޮއްޖެހިފައެވެ. އިޒުރޭލުން ބޭރަށް ފުރާ ފްލައިޓްތައް ވަނީ ފުރިފައެވެ. ސަހުޔޫނީންތައް ފުރަފުރައިގެން ނިއުޔޯކާއި، ނިއު ޖާޒީއާއި، މިއާމީއާއި، ލޮސް އެންޖަލިސްއާއި، ލަންޑަނާއި، އަދި ޕެރިސް ފަދަ ސަހަރުތަކަށް ދުވެ ފިލައި ރައްކާވަނީއެވެ. ސަހުޔޫނީންގެ ގިނަ ޢަދަދެއްގެ މީހުން ފަލަސްޠީނުގެ ބިންތައް ދޫކޮށް ފިލައިގެންދާއިރު، ގިނަ ބަޔަކު ބުނަނީ ދެން ދުވަހަކުވެސް އެނބުރި ނާންނާނެ ކަމަށެވެ. އިޒުރޭލުގެ ކެންސެޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، މަދުވެގެން ސަހުޔޫނީންގެ […]

އިޞްލާޙީ މަސައްކަތްކުރަނީ ޤައުމީ މަސްލަހަތުގައި: ރައީސް

މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް ”އެސްޕްރެސޯ ވިތު ރައީސް“ ގައި މިރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް […]

ސަރުކާރުން ކޮށްދޭ ކަންކަން ބަލައިގަންނަން ޖެހޭ: އަޝްރަފު

ސަރުކާރުން ކޮށްދެއްވާ ކަންކަބް ބަލައިގަންނަ ބަޔަކު ނެތްކަމަށްވާނަމަ ބޭނުންވާ މިންވަރަށް ތަރައްގީއާއި ކުރިއެރުން ލިބިގެން ނުދާނޭ ކަމަށް ފަރެސްމާތޮޑާދާއިރާގެ އިއްޒަތްތެރި މެންބަރު އަޝްރަފު ރަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަމިއްލަފުޅު ރަށް ފަރެސްމާތޮޑާގެ ބިންހިއްކުމާއި ބަނދަރު ބޮޑު ކުރުމާއި އޮޑިދޯނިފަހަރު އެހެލާނޭ ތަނެއް އެރަށުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢިއްޒަތެރި މެންބަރު ވިދާޅުވީ އެރަށުން މިއަދު ފެނިގެން ދިޔައީ ސަރުކާރަކުން ރައްޔިތުންނަށް ޚާއްސަ ސަމާލުކަމަކާއި […]

ޙިޒުބު ﷲ ގެ މުޖާހިދުން ފަލަސްޠީނުގެ އުތުރުން ގެލިލީއަށް ވަދެއްޖެ!

މެދުއިރުމަތީގައި ހަމަނުޖެހުންތައް، ނުރައްކާތެރި އައު ހަރުފަތަކަށް އުފުލިފައިވާއިރު، ހިޒްބު الله ގެ މުޖާހިދުން ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ (އިޒުރޭލުގެ) ސަރަހައްދުގެ ތެރެއަށް ވަދެ، ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ކުރީގެ އެތައް ރިޕޯޓެއްގައިވާ ގޮތުން ހަތިޔާރު އެޅި ފައުޖުތަކުން އުތުރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ގެލީލީއަށް ވަދެފައިވާއިރު، އޭގެ ތެރޭގައި ކިރިޔާތު ޝްމޯނާ އާއި މެޓޫލާ ކައިރީގައިވާ ސަރަހައްދުތައް ހިމެނެއެވެ. އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޖާހިދުން ވަނީ ފަލަސްޠީނުގެ ބިންތަކުގައި، ހިޒުބު الله ގެ […]

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ބިންހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު ބޮޑުކުރުމާއި  ދޯނިފަހަރު އެހެލާނޭ ސަރަހައްދެއް ތަރައްގީ ކުރުން ހިމަނާފައި ވެއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ނާއިބު ރައީސް ޙުސައިން މުހައްމަދު ލަތީފެވެ. މިމަޝްރޫއުގެ ދަށުން އެރަށުން ހިއްކަން ހަމަޖެހިފައިވަނީ 18 ހެކްޓަރުގެ ބިމެވެ. އެ މަޝްރުއުގެ ދަށުން 620 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ 142.67 […]

ސަބަބު (އެގާރަވަނަ ބައި)

އަހަރެންގެ އަތުގައި އޮތް ވަޅި ބައްޕައާއި ދިމާއަށް ހޫރާލި ވަޤުތު ޖުމާނާއާއި ޖުވޭދާ އެއްފަހަރާ ހަޅޭއްލަވައިގަތެވެ. ހަމަ އެވަޤުތުމެ، ޖުމާނާ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ޖުވޭދާ ދުވެފައިގޮސް ޖުމާނާ ކައިރިޔަށް ތިރިވިއެވެ. އަހަރެންނަށްވެސް ހަމަ ހޭވެރިކަންވީ އެމަންޒަރު ފެނިފައެވެ. ބާރަށް ދުވެފައި ޖުމާނާއާއި ހަމައަށް ދިޔައިމެވެ. އޭރު ޖުވޭދާ ކައިރީގައި އިށީންދެ އިނދެގެން ޖުމާނާއަށް ގޮވަމުން ގެންދިޔައެވެ. އަޑުގެކޮޅަށް ރޮމުންނެވެ. ”ދޮންތާ، ދޮންތާ.“ ދެން އެނާ އެނބުރިލީ އަހަރެންނާއި ދިމާއަށެވެ. ”ދޮންބެ ކީއްތިކުރީ؟ ބައްޕައަށް ގޮތެއްވިނަމަ ދޮންބެވެސް […]