ވާހަކަ
”އެއްވެސް ކަމަކުތަ ތި ގުޅީ؟“ އަޙްސަންއާއި ވާހަކަ ދައްކަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރިކަހަލަ ރާގަކަށް ފާތުން ސުވާލުކޮށްލިއެވެ. ”ނޫނޭ، މާބޮޑުކަމެއް ނުވޭ. ހަމަ ހާލު ބަލައިލަން ބޭނުންވީ. މިއަދު ހޮސްޕިޓަލުން އައިގޮތަށް އެހާ ގިނައިރު އިނީމަ ވަރަށް ވަރުބަލިވެފަ ކަހަލަ ގޮތަކަށް ފެންނަން އިނީ. އެހެންވެ ބަލައިލީ.“ ފާތުންގެ ސުވާލަށް ވަރަށް ތަފްސީލީ ޖަވާބެއް އަޙްސަން ދިނެވެ. އެހެނަސް އަނެއްކޮޅުން ބުނާނެ އެއްޗެއް ނޭންގިފައި އިން ކަހަލައެވެ. އެހެނީ....
