ޖަނަވަރީ މަހުން ފެށިގެން ޗައިނާއިން ކޮންޑޮމަށް ނަގާ ޓެކްސް ބޮޑު ކުރުމަށް ނިންމައިފިއެވެ. ބެއިޖިންގ އިން ބޭނުން ވަނީ ޗައިނާގެ އާބާދީ އިތުރު ކުރުމުގެ މަސއްކަތުގައ ރައްޔިތުން ބައިވެރިވާށެވެ. އެހެންވެ، ޗައިނާ މީހުންގެ ދަރިފަނި މަރުވިޔަ ނުދިނުމަށްޓަކައި 13 އިން ސައްތައިގެ ޓެކުހެއް ސުންނީ އުރައަށް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ޗައިނާގައި ވިހާފައި ވަނީ 9.2 މިލިއަން ބޭބީ އެވެ. މިއީ 2019 އަށް ފަހު ޗައިނާ މީހުން ވިހާ އަދަދު އެންމެ ދަށްކޮށް ފާހަގަވި ފަހަރެވެ.
އަދި 2023ން ފެށިގެން ޗައިނާއަކީ އެންމެ މީސްގިނަ ގައުމެއްވެސް ނޫނެވެ.
ޗައިނާއަކީ އަހަރަކު 5.4 ބިލިއަން ސުންނީ އުރަ ބޭނުން ކުރާ ގައުމެކެވެ. މީސްމީޑިއާގައި ޓެކްސްއާ ދެކޮޅަށް ވާހަކަ ދެއްކި މީހުން ބުނެފައި ވަނީ ސަރުކާރުން ސުންނީ އުރައަށް ޓެކްސް ބޮޑު ކުރިއަސް އެ ވަސީލަތް ބޭނުން ކުރާނެ ކަމަށެވެ. އެފަރާތްތަކުން ބުނަނީ ކުދިން ބޮޑު ކުރަން ކުރަން ޖެހޭ ޚަރަދު އެއަށް ވުރެން މާބޮޑު ކަމަށެވެ.
Beijing’s Condom Tax Signals a Return to Control, Not Reform






