މަސްވެރީން ހައްޔަރުކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް: އެމްޑީޕީ

މުހައްމަދު އަލީ
ޑިސެމްބަރ 12, 2025

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވި ބައެއް މަސްވެރީން ހައްޔަރުކޮށްފައި ވަނީ ގޫނޫނުއަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ބުނެފައިވަނީ އެ އިޖުތިޖާޖު ފުލުހުން ރޫޅާލައިފައިވަނީ ވެސް  ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

ބާރުގެ  ބޭނުންކޮށް އިހުތިޖާޖު ރޫޅާލުމަށްފަހު ފުލުހުންވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވެސ ހައްޔަރުކޮށްފައެވެ. މެންބަރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން ކުށްވެރިކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

”ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާ އިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށެވެ. އެހެން ކަމުން މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ.“

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށް އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.

”ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.“ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިޖުތިޖާޖުން ހައްޔަރުކުރި މެންބަރު މައުރޫފާއި އެހެނޮހެން މަސްވެރިންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދުވަނީ ކުރިމިނަލްކޯޓަށް ހާޒިރުކޮށްފައެވެ. އެވަގުތުން އެމްޑީޕީގެ ބައެއް މީހުންވަނީ އެސަރަހައްދަށް އެއްވެ އެމީހުން ދޫކޮށްލުމަށް އެދި އަޑުއުފުލައިފައެވެ.

މި ލިޔުމާ ގުޅޭ