އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ، ވިސްނައިގެންތިބޭތި: ސައްޕެ

މުހައްމަދު އަލީ
ޑިސެމްބަރ 13, 2025

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރޫޅާލުމުގެ މަސައްލަތް ޕާޓީއާ އަދާވާތްތެރި މީހުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މަކަރުވެރި މަޅިތަކުގައި އެމްޑީޕީ މެންބަރުން ނުބެދި ސަލާމަތްވާން ޖެހޭ ކަމަށެވެ. ”އަދާވާތްތެރިން އެމްޑީޕީ ރޫޅައި ނައްތާލަން ކުރަމުންގެންދާ މަކަރުވެރި ހީލަތްތެރި މަސައްކަތްތަކާއި ރޭވުންތައް މިއަދުވެސް ބާރަށް ކުރިއަށް ދާކަން ސޯސަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ލިޔުންތަކުން ވަރަށްސާފު،“ އޭނާ ވިދާޅުވެފައިވެއެވެ.

މިއީ އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުން ވަރަށްބޮޑަށް ވިސްނައި ސަމާލުވާންޖެހޭ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ”އެ ހީލަތްތެރި މަޅިތައް މިއަދުވެސް އެގެންދަނީ ޖަހަމުން! އެމަޅިތަކުގާ ނުބެދި ސަލާމަތްވޭ،“ އޭނާ ވިދާޅުވެފައިވެއެވެ. މި ޕޯސްޓާއެކު އޭނާ ވަނީ ބައެއް ލިޔެކިންތައް ހިމަނާފައެވެ.

MDP Founding Member Warns of ‘Deceptive Traps’

މި ލިޔުމާ ގުޅޭ