އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަލީ އާޒިމް މޭޔަރު ކަމަށް ހޮވައިފި ކަމަށްވާނަމަ އޭނާ މުޅި މާލެ ބަދަލުކޮށްލާނޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭއަށް ވެހޭ ފެން ހިންދާލާނޭ ގޮތް އަލީ އާޒިމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މާލެސިޓީ އެންމެ ރީތި އެއްސިޓީގެ ގޮތުގައި ތަރައްގީ ކުރާނޭ ގޮތުގެ ވިސްނުން ވެސް އަލީ އާޒިމްގެ އެބަހުރި ކަމަށެވެ. އެހެން ކަމުން މާލެ ބަދަލުކޮށް ތަރައްގީ ކުރާނޭ ކެންޑިޑޭޓަކީ އަލީ އާޒިމް ކަމަށާއި އެހެންވީމާ އޭނާއަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންގެ ފަރާތުން ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.






