އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދައްތަ ކިމް ޔޯ ޖޮންގްގެ ތިއްތި ފޯނު ފެނިގެން މީޑިއާގައި އެވާހަކަ އެނބުރެން ފަށައިފިއެވެ. މިކަން ހާމަވެފައިވަނީ އަލަށް ހުޅުވި ހަސްފަތާލެއް ބައްލަވައިލެއްވުމަށް ރަސްމީ ވަފުދަކާއެކު އެކަމަނާ ވަޑައިގެންނެވި ދަތުރެއްގެ ތެރެއިންނެވެ.
މިފަދަ ފޯނަކީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އުތުރު ކޮރެއާއަށް ވެއްދުން މަނާތަކެއްޗެވެ.
މި ފޯނަކީ ޗައިނާގެ ”އޮނަރ“ ކުންފުނިން އުފައްދާފައިވާ ”އޮނަރ މެޖިކް ވީ3“ (Honor Magic V3) މަރުކާގެ ފައްޖަހާލެވޭ ފޯނެކެވެ. މި ފޯނުގެ އަގު 1300 ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ދަތިކުރިއަސް އުތުރު ކޮރެއާގައި ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.






