އިސްރާއީލު ބަނޑަށް ޖެހުމުން ސަލާމަތް ކޮށްދިނީ މިސްރު

އިބްރާހީމްް ސަމީރު
ޑިސެމްބަރ 19, 2025

ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ޒަޔަނިސްޓުންނަށް ވާގިވެރިވާ އުފެއްދުންތައް ބޯއިކޮޓްކޮށް، ޒަޔަނިސްޓުނަށް ވިޔަފާރި ދިނުމަށް ދެކޮޅު ހަދަމުން ދަނިކޮށް މިސްރުން އިސްރާއީލުގެ އިގްތިސާދު ދިރުވައިފިއެވެ.

މިސްރުން ވަނީ ހިފާފައިވާ ފަލަސްޠީނުގައި ވެރިކަން ކުރާ ޖެނޮސައިޑް ބާގައިގެ މީހުންނާއެކު 35 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޒަޔަނިސްޓު ބާގައިގެ މީހުން ހިފާފައިވާ ފަލަސްޠީނުގެ ގޭސް މިސްރަށް ވިއްކާނެއެވެ.

”އިސްރާއީލުގެ ތާރީހުގައި ވެސް ސޮއިކޮށްފައިވާ އެންމެ ބޮޑު ގޭސް އެއްބަސްވުން“ ޒަޔަނިސްޓު ބާގައިގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ބުނީ މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ހަކަތައިގެ ބާރެއްގެ ގޮތުގައި ޖެނޮސައިޑް ސަރުކާރުގެ މަގާމު ހަރުދަނާވަނެ ކަމަށެވެ.

އާ އެއްބަސްވުމާއެކު 2040 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 130 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް މިސްރަށް ސަޕްލައި ކުރާނެއެވެ.

 

މި ލިޔުމާ ގުޅޭ