އެމްޑީޕީގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް މެންބަރުންގެ ޖޯޝާއި ފޯރި ގަދަކުރުމަށްޓަކައި ޕާޓީގެ އެންމެހާ މެންބަރުންނާ ބައްދަލުކޮށް ސަލާމް ކުރުމަށްފަހު ނޫނީ (އިރާދަކުރެއްވިއްޔާ)“ދުލެއް ނުކުރާނަން“ ކަމަށް އެޕާޓީ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
ސައްޕެ ވިދާޅުވީ އޭނާއާއި އޭނާގެ ޓީމުގެ އަޒުމަކީ މިކަން މިގޮތަށް ނުކޮށް ދުލެއް ނުކުރުން ކަމަށެވެ. މިކަން ކުރުމަށްޓަކައި (އެމްޑީޕީ ވަރުގަދަ ކުރުމަށް) އެންމެންވެސް ތިބޭނީ ”އެކުގައި ގަދަކޮށް“ ކަމަށެވެ. މި ”މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީގެ އެންމެހައި މެންބަރުންނާ، ގާތްގަޑަކަށް 80,000 އަށްވުރެގިނަ މެންބަރުންނާ ބައްދަލުކޮށް ސަލާމް ކުރުމުގެ އުފާލިބިގަތުމުގެ ބޮޑުބިޔަ މަސައްކަތް އަޅުގަޑާއި އަޅުގަޑުގެ ޓީމުންފަށައިފިން،“ ސައްޕެ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ މި މަސައްކަތް ފަށައިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެކަން ކުރުމުގެ މަސައްކަތް ފަށައިގެން މިއަދުވަނީ ލޯކަލްމާރުކޭޓާއި ފަޅުއޮޑިފަހަރަށް އަރައި މީހުންނާ ބައްދަލުކޮށް ސަލާމްކޮށް ހާލުއަހުވާލު ބަލައިފައި ކަމަށެވެ.
”މާތްﷲގެ ވާގިފުޅާއެކު އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކޮށް، މިމަސައްކަތް ގަދަހިތްވަރާއެކު ކުރިއަށްގެންދެވޭނެ. ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީއަށް،“ ލިބޭނޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.






