ގަނެވެނީ ވަގަށްނަގާފައިވާ މުދަލެއް ނޫންކަން ގަންނަ ފަރާތުން ކަށަވަރު ކުރަންޖެހޭ: ފުލުސް

މުހައްމަދު އަލީ
ޑިސެމްބަރ 20, 2025

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާ ހޯދާއިރު، ގިނަ ފަހަރަށް އެތަކެތި ހުންނަނީ ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެހެންކަމުން ”މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް އިލްތިމާސްކުރަމެވެ.“

މީގެ އިތުރުން މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެން ކަމުން ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ