ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރަމުންދިޔަ ފަސް މީހަކު މާލެއިން ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 31, 2025

ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ އިންޑިއާގެ ފަސް މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ”އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ. އެގެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) އެވެ. މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ