ނިކަ އައިލެންޑް ރިސޯޓު އެންޑް ސްޕާ މޯލްޑިވްސްއަށް ސަޓާގެ އެވޯޑެއް މިފަހަރު ލިބިއްޖެއެވެ. މިއީ އެރިސޯޓަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.
ނޭޕާލުގައި ބޭއްވި މިއަހަރުގެ ސައުތުއޭޝިއަން ޓްރެވަލް އެވޯޑު (ސަޓާ) އިން އެ ރިސޯޓަށް ލިބިފައިވަނީ ލީޑިން ބީޗު ޑެސްޓިނޭޝަން އެވޯޑެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ރިސޯޓަށް މިއެވޯޑު ލިބުނުއިރު ޖެނެރަލްމެނޭޖަރަކަށް ދިވެއްސަކު ހުރިކަމެވެ. އޭނާއަކީ މިދާއިރާގައި ދިގު ޒަމާންތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. ގާބިލް ބޭފުޅެކެވެ. ހުނަރުވެރިއެވެ. އެއީ ގދ. ފިޔޯރިއަށް އުފަން މުހައްމަދު ޝަމީމް އިސްމާއީލެވެ. ޝަމީމަށާއި އޭނާގެ ޓީމަށް ތަހުނިޔާ އަރިސްކުރަމެވެ.

އެރިސޯޓުގެ ޖީއެމްކަމާ ޝަމީމް ހަވާލުވިތާ އަދި އަހަރެއް ނުވެއެވެ. އެހެނަސް މި އެވޯޑަށްކުރި މަސައްކަތުން އެރިސޯޓަށް އެވޯޑު ލިބުމަކީ ޝަމީމުގެ ދުރުވިސްނުމާއި ރޭވުންތެރިކަމާއެކު ކަންކަން ކުރުމުގެ ފޮނިނަތީޖާއެވެ. އޭނާގެ އާރުކާޓީ ކަމުގައި މިއެވޯޑު ހާސިލް ކުރުމުގައި އޭނާގެ ފަހަތުގައި އޮތީ ހީވާގި ޓީމެކެވެ. ކެރޭޓީމެކެވެ.
މިއީ ހަމަ ތިބެފައި ހޯދޭނޭ އެވޯޑެއްނޫނެވެ. ގައިމުވެސް މީގެ ފަހަތުގައި ޝަމީމާއި އޭނާގެ ޓީމާއި މެނޭކުމެންޓުގެ ހިއްސާ ވަރަށްބޮޑުވާނެއެވެ. ރިސޯޓު އޯނަރއިން ފެށިގެން އެންމެ އާދައިގެ މީހާގެ މަސައްކަތް މީގައި ހިމެނޭނެއެވެ. އެންމެބޮޑު ޝަރަފެއް ހައްގުވަނީ މި ޓީމު ލީޑުކުރި ޓީމް ލީޑަރު ޖީއެމް ޝަމީމަށެވެ. ޝަމީމްގެ މޭސްތިރި ކަމުގެ ދަށުން ނިކަ އައިލެންޑު ރިސޯޓަށް މިފަދަ އިތުރު އެތައް އެވޯޑެއް ހޯދައިދެވޭނޭ ކަން އެނާ ސާބިތުކޮށްދިނީ ކުރުމުއްދަތެއްގެ ތެރޭގައެވެ.
މިއަހަރުގެ ސަޓާ އެވޯޓުގައި ރާއްޖެއިން ވަނީ ފަނަރަ ގޯލްޑު އެވޯޑާއި ސާދަ ސިލްވަރ އެވޯޑު ހާސިލްކޮށްފައެވެ. މި އެވޯޑު ހޯދި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާއި އައްސަރިބަސް އަދާކުރަމެވެ.






