ދިދި ގޯޅީގައި ސައިކަލް ޕާކުކުރުމަށްފަހު ހަނދާންނެތިގެން އޭގެ ޕޮކެޓުގައި ބޭއްވުނު ބައްތިރީސް ހާސްރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރ އެކާވީސް ވަނަދުވަހު ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު އެ މޮބައިލް ފޯން ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެގޮތުން ސީސީޓީވީ ފުޓޭ ބަލައި ފޯންނެގި މީހާ ދެނެގަނެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ދެނެގަތުމަށްފަހު ގަލޮޅު ޕޮލިސްގެ ފުލުހުންކުރި މަސައްކަތުން ފޯން ހޯދައި ވެރިފަރާތާ މިހާރު ވަނީ ފޯން ހަވާލުކޮށްފައެވެ. ފޯން ނެގި މީހާ މިހާތަނަށް ބަންދުކޮށްފައެއް ނުވެއެވެ.






