ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވާރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޢަލީ ޢާޒިމެވެ. އޭނާ ވަނީ ފަންސަވީސް އަހަރު ގައުމަށް ޚިދުމަތް ކޮށްދެއްވައިފައެވެ.
މާލޭގެ މޭޔަރުކަމަށް އޭނާ ހޮވައި ދެއްވައިފި ކަމަށްވާނަމަ ކޮށްދެއްވާނޭ މުހިންމު ކަންކަން މިހާރުވެސް އޭނާ ވަނީ އިޢުލާން ކުރައްވައިފައެވެ. އެގޮތުން މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވޭ ގޯތިވެރިންނަށް ސިޓީ ކައުންސިލުން އިކުއިޓީގެ ހަމަޖައްސައިދިނުމަކީ އޭނާ ވަރަށްބޮޑު ތަސައްވުރެކެވެ. މިކަން ހާސިލް ކުރާނޭ ފޯމިޔުލާއާއި އެހެނިގެން ވަސީލަތްތައް ހޯދުމުގެ ގާބިލްކަން އޭނާއާއި ޓީމުގައި އެބަހުރި ކަމަށް އޭނާގެ ޓީމުންބުނެއެވެ.
މާލޭގައި އުޅޭ ގިނަމީހުންނަކީ ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނެވެ. އެހެންކަމުން ކުއްޔަށްދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކުގެ ދެމެދުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ނިޒާމެއް ގާއިމް ކުރުމަކީ ވެސް އޭނާގެ ތަސައްވުރެކެވެ.
ކުލީގެ ޚަރަށްދަށް ލުޔެއް ދިނުމަށް ސަބްސިޑީ ލިބިދޭނެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް ޢަލީ ޢާޒިމްގެ ވަރަށްބޮޑު ތަސައްވުރެކެވެ. މި ތަސައްވުރު ހަގީގަތަކަށް ހައްދަވާނީ ރޭވުންތެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލީ ޢާޒިމް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ހުސް ވަޢުދުވެގެން ފުއްދައިނުލެވޭނޭ ކަމަށެވެ. ”އެމްޑީޕީ ކެންޑިޑޭޓެއް ވިއްޔާ ވަޢުދުވެ ވަޢުދު ފުއްދަންވާނެ،“ އެވެ. އެހެން ކަމުން މިމަހު 16 ވަނަދުވަހު ބާއްވާ ޕްރައިމަރީގައި އެމްޑީޕީގެ އެންމެހާ މެންބަރު ނުކުމެ ޢަލީ ޢާޒިމަށް ވޯޓު ދެއްވުމަކީ އޭނާގެ އިޚްލާސްތެރި އެދުމެކެވެ.






