މާލޭގެ މަގުތައް އަމާންތަނަކަށް ހެދޭނީ ޢަލީ ޢާޒިމަށް:ޓީމް

މުހައްމަދު އަލީ
ޖެނުއަރީ 13, 2026

މާލޭސިޓީގެ މަގުތައް އަމާންތަނަކަށް ބަދަލު ކޮށްލެވޭނޯ މާލޭ ސިޓީގެ މޭޔަރަކަށް އެމްޑީޕީން ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ހޮވައިގެން ކަމަށް އޭނާގެ ކޭންޕޭންޓީމުން ބުނެފިއެވެ.

އެކަން ކުރުމަށްޓަކައި ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކައި ޒަމާނީ ”ސްމާޓް ސޮލިއުޝަންތައް“ ޢާޒިމް ތައާރަފްކޮށްދެއްވާނޭ ކަމަށް ބުނެފައިވެއެވެ. ”މަގުތަކަކީ އެންމެންނަށް އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ކެންޑިޑޭޓް ނަންބަރު 2  ޢަލީ ޢާޒިމް“ ހޮވައިގެން ކަމަށް އެޓީމުން ބުނެފައިވެއެވެ. ދުއްވާއުޅަނދުފަހަރު މާލޭގައި އިތުރުވެ ޕާކުކުރާނޭ ޖާހަގައެއް ވެސް މިހާރުވަނީ ލިބޭގޮތް ނުވެފައެވެ. އެކަމުގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މަގުތަކުގައި ދުއްވުމާއި ހިނގުމަށް ވެސް އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައި އޮތަސް އެކަންކަން ތަންފީޒު ރަނގަޅަށް ނުކުރެވި މަގުތައް ބިރުވެރި ތަނަކަށް ބަދަލުވެފައިވާ ކަމަށް ވަރަށްގިނަ މީހުން ދަނީ ބުނަމުންނެވެ.

މި ލިޔުމާ ގުޅޭ