އިލްހާން އުމަރުގެ ފުރާނައަށް ނުރައްކާ ކުރަން ޓްރަމްޕް ބޭނުން

އިބްރާހީމްް ސަމީރު
ފެބްރުއަރީ 4, 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ކޮންގްރެސް މެންބަރު އިލްހާން އުމަރަށް އަމާޒުކުރައްވާ ދެއްވާ ހަމަލާތައް ވަރުގަދަކުރައްވައި، ސޯމާލިއާގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުންނާ އިލްހާންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރައްވައިފިއެވެ. އެއްވެސް ހެއްކެއް ނެތި ކުރެއްވި މި ތުހުމަތަކީ އޭނާގެ ފުރާނައަށް ނުރައްކާކޮށް އޭނާ އަވަހާރަކޮށްލާތޯ ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

އަންގާރަ ދުވަހު ޓްރަމްޕްގެ ”ޓްރުތު ސޯޝަލް“ ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ސޯމާލިއާގައި ހުންނަ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ސިފައިން ދިން ހަމަލާތަކާ ގުޅޭ ރިޕޯޓެއް ހިއްސާކުރައްވަމުން ވިދާޅުވީ، ”އޭނާގެ ކޮރަޕްޓް ’ވަޒަން‘ ހިމާޔަތްކުރަން އިލްހާން އުމަރު އެތަނުގައި ހުރިތޯ؟“ މިފަދައިން ސުވާލު އުފައްދާފައެވެ.

ސޯމާލިއާއަށް އުފަން އިލްހާން އުމަރަކީ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް ހިޖުރަކޮށް، 2000 ވަނަ އަހަރު އެމެރިކާގެ ރައްޔިތަކަށް ވީ މީހެކެވެ. އިލްހާން އަކީ ޒަމާނުއްސުރެ ޓްރަމްޕްގެ ބަހުގެ ހަމަލާތައް އަމާޒުވާ ފަރާތެކެވެ.

ޓްރަމްޕަކީ ދޮން މީހުންނާއި މުއްސަނދިންނަށް ލެންބޭ ޅައަންހެން ކުދިންނާ އެކު ހުރި ވީޑިއޯތަކެއް ފެންނަ 30ހަކަށް އަންހެނުން ރޭޕްކޮށްގެން ކުށްވެރި ވެފައިވާ މީހެކެވެ.

މީގެ ކުރިންވެސް އެއްވެސް ހެއްކެއް ނެތި އިލްހާންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުވައި، އޭނާ އަޅާ ބުރުގާއަށް މަލާމާތްކޮށް، ޖަލަށްލުމަށް ނުވަތަ އެމެރިކާއިން ބޭރުކޮށްލުމަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ. އަދި އިލްހާންގެ މުއްސަނދިކަން އިތުރުވަމުންދާ މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓުން ބަލާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިލްހާންގެ އޮފީހުން ބުނެފައިވަނީ އެފަދަ އެއްވެސް އެންގުމެއް ލިބިފައިނުވާ ކަމަށެވެ.

މި ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވެފައިވަނީ މިނެސޯޓާގައި ހިޖުރަވެރިންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ހިންގި ހަރަކާތްތަކާ ގުޅިގެންނެވެ. އިލްހާން އަކީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ޓްރަމްޕް ފަތުރާ ބަސްމަގުގެ ސަބަބުން މުޖުތަމައުގައި ފުރައްސާރައާއި އަނިޔާވެރިކަމަށް މަގުފަހިވާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

ޓައުން ހޯލް ބައްދަލުވުމެއްގައި އިލްހާންގެ ގަޔަށް ފެނާއި ކުނޑި ބޭނުންކޮށްގެން ހަދާފައިވާ އެސިޑް ފަދަ އެއްޗެއް ޖެހި ހާދިސާއާ ގުޅިގެން އިލްހާން ވިދާޅުވީ، އެއީ ހަރުކަށި ފިކުރުގެ މީހުންނަށް ހިތްވަރު ލިބޭ ފަދަ މާހައުލެއް ޓްރަމްޕް އުފެއްދުމުގެ ނަތީޖާ ކަމަށެވެ. ނަމަވެސް ޓްރަމްޕް ރައްދުގައި ވިދާޅުވީ އެއީ އިލްހާން އަމިއްލައަށް ރާވައިގެން ހިންގި ކަމެއް ކަމަށެވެ.

ޓްރަމްޕާއި އިލްހާންގެ މި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދަނީ އެމެރިކާގެ އެފްރިކާ ކޮމާންޑުން ސޯމާލިއާގެ ގޯލިސް ފަރުބަދަތަކުގެ ކައިރީގައި ހުންނަ އައިއެސްގެ މަރުކަޒުތަކަށް އާ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމާ ގުޅޭ