ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކުރާ ބުޅާ ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމެންޓާއި މެޓީރިއަލް ހޯދަން ރެޕިޑް އިންޖިނިއަރިންގް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިދިޔަ މާޗް މަހު މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބިންގާ އެޅި އެ ފެސިލިޓީގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތެވެ.
ސިޓީ ކައުންސިލުން ބުނީ އެތަނަށް ބޭނުންވާ އިކުއިޕްމެންޓާއި މެޓީރިއަލްސް ހޯދަން ހަވާލުކުރީ 210,036.61 ރުފިޔާގެ އަގަކަށް ކަމަށެވެ.
ބުޅާ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކްތަކާއި މަގުމައްޗާއި އާންމުން އެހެން ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެފައިވުމުގެ އިތުރުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި ބަލިތަކުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ހޯދައިދިނުމަށް ގާއިމްކުރާ ފެސިލިޓީއެކެވެ.






