ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް ހަމަޖައްސަވައި މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މި ބަދަލާ އެކު، ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނިންމެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމެވެ. ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
މި ބަދަލާއެކު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޝަފީގަށް ވާނެ ގޮތެއް އަދި ނޭނގެއެވެ.






