މި ނުލަފާ ޖައްބާރު ނަތަންޔާހޫ އެއްވެސް ތަނަކުން ނުފެންނަތާ މިހާރު 4 ދުވަސް ވެއްޖެއެވެ. އީރާނުން ބުނަމުންދަނީ އޭނާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ނުވަތަ މަރުވެފައި ކަމަށެވެ. ނަމަވެސް މިކަމުގެ ހަޤީޤަތް އަދި އޮތީ ސިއްރުވެފައެވެ.
އެންމެ ފަހުން ނަތަންޔާހޫ ފެނިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އޭރު އޭނާ ދިން ތަޤުރީރުގައި ވަރަށް ބޮޑާކަމާއެކު ބުނެފައިވަނީ އީރާނުގެ ބާރު ކަނޑުވާލާނެ ކަމަށެވެ. އެކަމަކު އެ ވާހަކަތަކަށް ފަހު މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ.
ޚާމަނާއީ އަވަހާރަ ކޮށްލި ކަމަށް ބުނެ ޒަޔަނިސްޓު މީޑިއާތަކުން އެންމެ ފުރަތަމަ ޚަބަރު ފެތުރުމާއެކު، ނަތަންޔާހޫ ނިކުމެ ބުނީ ޚާމަނާއީ މަރުވެއްޖެ ކަމަށާއި އޭނާގެ އަތުގައި އެކަމުގެ ފޮޓޯވެސް އެބަހުރި ކަމަށެވެ. ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ފެނިގެންދިޔައީ އީރާނުން އިޒުރޭލަށް ހެސްކިޔާފައި މިސައިލްގެ ވާރޭ އޮއްސާލި މަންޒަރެވެ. ނަތަންޔާހޫ ގެއްލުނީ އެ ހިސާބުންނެވެ!
އިޒުރޭލުގެ މަސްދަރުތަކުން ބުނަމުންދަނީ އޭނާގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ޒަޚަމެއް ވީކަމެއް ނުވަތަ އެހެން ކަމެއް ވީކަމެއްވެސް އެމީހުން ހާމައެއް ނުކުރެއެވެ.
ދުޢާއަކީ މި އަނިޔާވެރި ދައްޖާލުގެ ވަކިތަކުން ފަލަސްތީނުގެ މުސްލިމުން ސަލާމަތް ކުރައްވައި، އިސްލާމީ އުންމަތަށް ނަޞްރު ދެއްވުމެވެ.





