ރެއަކީ ތާރީޚީ ބަދަލެއްގެ ފެށުމެވެ! ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްތިޢުމާރީންނަށް އެ ބިން ދޫކޮށް ދިއުމަށް ދެވުނު ފުރުސަތު ރެއާ ހަމައަށްމިވަނީ މުޅިން ބަންދުވެފައެވެ.
ރޭ އީރާނުން ދެމުންގެންދިޔަ ވަރުގަދަ ހަމަލާތައް އަމާޒުވެފައިވަނީ ފަލަސްތީނުގެ ތާރީޚީ ބިމުގައި ނުގަވައިދުން އާބާދުކޮށްފައިވާ އިސްރާއީލުގެ އާބާދީތަކަށެވެ. ޔަހޫދީންގެ ބޯޓުތަކާއި އުޅަނދުތައް މަތީގައި އުދުހި އުދުހި ތިއްބާ، އީރާނުގެ މިސައިލްތައް ދަނީ އެތަކެއްޗަށް އަމާޒުވެ، ޔަހޫދީންގެ ކިބުރުވެރިކަން ފުނޑުފުނޑު ކުރަމުންނެވެ.
ފަލަސްތީނުގެ ބިން ދޫކޮށް ސަލާމަތްތެރިކަމާއެކު ދިއުމަށް އިސްތިޢުމާރީންނަށް ދެވުނު ފުރުސަތު ރެއަށް މިވަނީ ހަމަވެފައެވެ. ދެން އޮތީ ކުރި އަނިޔާތަކުގެ ހިތި ނަތީޖާއާ ކުރިމަތިލުމެވެ.
ދިއުމުގެ ދޮރު މިރޭން ފެށިގެން މިވަނީ އެއްކޮށް ބަންދުވެފައެވެ!





