ޔަހޫދީ އާންމުންނަށް ހަމަލާދޭނަން: އީރާން

އަޙްމަދު ސަޢީދުު
މާރޗް 12, 2026
ޒަޔަނިސްޓުން އީރާނުގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް، (އެއްވެސް ރަހުމެއްނެތި) ބޮން އަޅަމުންދާ ދިއުމަށް ނިމުމެއް ގެނައުމަށް ތެހެރާނުން ވަރުގަދަ ވަޢުދެއްވެއްޖެއެވެ.
އީރާނުން ހާމަކުރި ގޮތުގައި، ޒަޔަނިސްޓުންގެ ލާދީނީ މި އަމަލުތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެން ޔަހޫދީ އާއްމުންނަށް އަމާޒުކޮށް ސީދާ ހަމަލާދޭން ފަށާނެއެވެ.
މީގެ ފަހުން ހަމަލާ ދިނުމުގައި ވަކި މިންތަކެއް ނުވަތަ ހައްދެއް ނޯންނާނެއެވެ. ނުބައިވެގެންވާ ޝައިތާނުންގެ ފުރާނަ ދުއްވާލުމުގައި އެއްވެސް ޖެހިލުމެއް ނުވާނެ ކަމުގެ އިންޒާރު މިވަނީ މުޅި ދުނިޔެއަށް ދީފައެވެ. އިސްލާމީ އުންމަތާއި އިންސާނިއްޔަތުގެ ދުޝްމަނުންނަށް އޮތީ ބިރުވެރިކަމެވެ.

މި ލިޔުމާ ގުޅޭ