މެދުއިރުމަތީން އެމެރިކާގެ ނުފޫޒު ފޮހެލައިފިން: އީރާން

އަޙްމަދު ސަޢީދުު
މާރޗް 12, 2026

މެދުއިރުމަތީގައި އޮތް އެމެރިކާގެ 70 އަހަރުވީ ނުފޫޒު، އެންމެ 11 ދުވަހުގެ ތެރޭގައި ފޮހެލެވިފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ފައުޖު (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.

މިއީ ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ނިޝާނެކެވެ. ދިގު މުއްދަތަކަށް ދެމިގެންދިޔަ ހުޅަނގުގެ ބާރުވެރިކަން ކުޑަވެ، އިސްލާމީ އުންމަތުގެ ހިތްވަރާއި ސާބިތުކަން މިވަނީ ހާމަވެފައެވެ.

ދުނިޔޭގެ ބާރުތަކުގެ ތަރުތީބު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، މިއީ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އިސްލާމީ ގައުމުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ މަސައްކަތްތައް ނިމުމަކަށް އަންނަން ޖެހެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *