ސްޕެއިނުން އީޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނާ މާރިއާ ސަލޮމޮން ޕެރޭޒް އަނބުރާ ގައުމަށް ގެންދަން ސްޕޭނުން ނިންމައިފިއެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ޖަރީމާތައް ހިންގާތީ ސްޕެއީނާއި އިޒްރޭލާ ދެމެދުވަނީ ޑިޕްލޮމެޓިކް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސްޕެއިންގެ ސަފީރު އަނބުރާ ގެންދަން ނިންމި ނިންމުމަކީ މި ގުޅުން އިތުރަށް ގޯސްވެފައިވާކަން އަންގައިދޭ ކަމެކެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ”ޖެނޮސައިޑް“ ކަމަށް މިދިޔަ އަހަރުން ފެށިގެން ސްޕޭނުން ވަނީ ނިންމާފައެވެ. އަދި އެ އަހަރުން ފެށިގެން އިޒްރޭލަށް ހަތިޔާރު އުފުލަން ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަހައްދު ބޭނުން ކުރުން ސްޕެއިނުން ވަނީ މަނާކޮށްފައެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަކީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާއި އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ކުރަންދާ ހަނގުރާމައާ ސީދާ ދެކޮޅު ހައްދަވާ ބޭފުޅެކެވެ.
ފަލަސްތީނުގެ ޣައްޒާ ހިންގުމަށް އެމެރިކާގެ ވިޔާނުދާ ރައީސް ޓްރަމްޕް އެކުލަވާފައިވާ ”ބޯޑު އޮފް ޕީސް“ ގައި ބައިވެރިވުމަށް ސްޕެއިންގެ ބޮޑުވަޒީރަށް ޓްރަމްދިން ދައުވަތަށް ސްޕެއިންގެ ބޮޑުވަޒީރު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އެމެރިކާއާއީ އީރާން ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަށް ވެސް ސަންޗޭޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.






