ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންވަނީ އެބޭފުޅުންގެ އަމިއްލަފުޅު ގޮނޑީގެ މިނިވަންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޖަމީލް ވިދާޅުވެފައިވަނީ އެވަރުން ނުވެގެން ބަޖެޓުވެސް ވަނީ މުޢިއްޒަށް ދީފައި ކަމަށް ވިދާޅުވެފައިވެއެވެ.
މިކަންކަން މިގޮތަށް ކުރެއްވުމަށްފަހު ފުވައްމުލަކުގެ މަޖިލިސް މެންބަރުން ގެންދަނީ އެރަށުގެ މީހުން އެއްކުރައްވައިގެން ހުރިހާ ކުށްވެރިން ދޫކޮށްލައްވާނޭ ކަމަށް ވިދާޅުވަމުން ކަމަށް ވެސް އެ ޕޯސްޓުވައި ވެއެވެ. މިއީ ލޯކަލްކައުންސިލް އިންތިޚާބަށްވެ ވަޑައިގަންނަވާ ވަޢުދެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
”ޕީއެންސީގެ މަޖްލިހުގެ މެމްބަރުން އަމިއްލަ ގޮނޑީގެ މިނިވަންކަމާ ރައްޔިތުންގެ ބަޖެޓް އެއްކޮށް މުއިއްޒަށް ދިނުމަށްފަހު؛ ފުވައްމުލަކުގެ ކުށްވެރިން ކައުންސިލް ވޯޓުގެ ކުރިން ދޫކޮށްދޭނެކަމަށް މިރަށުގެ މަޖްލިސް މެމްބަރުން މީހުން އެއްކޮށްގެން އެބަ ވައުދުވޭ! އޮތީ ނުބައި ރޭވުމެއް. ގުނބޯ ހެއްދިގެން ނުވާނެ،“ ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.






