ރައީސް ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ/އެމްއެމްޓީވީ

ވިލިމާލެއިން ރައީސަށް ދެންނެވީ ހޫނުމަރުޙަބާއެއް

މުހައްމަދު އަލީ
މާރޗް 12, 2026

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވިލިމާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެއަށް ވަޑައިގެންނެނެވުމުން އެއަވަށުން އެމަނިކުފާނަށް ހޫނުމަރުޙަބާއެއް ދަންނަވައިފިއެވެ.

މިމަހު ދިވަހަވަނަ ދުވަހު ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވި ބޭފުޅުންނާ ވަރަށްގާތް ގުޅުމެއް ބާއްވައި އެންމެނާ އެމަނިކުފާނު ވަނީ ސަލާމް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ކުޑަކުދިންނާއި ތުއްތު ކުދިންނާ ވެސް އެމަނިކުފާނު ވަނީ ވާހަކަ ދައްކަވައި ސަމާސާ ކުރައްވައި ހައްދަވާފައެވެ. މިއީ އެމަނިކުފާނުގެ ސާދާކަން ދައްކުވައިދިން ކަމެއް ކަމަށް އެއްވެތިބި މީހުން ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޕީއެންސީގެ ފަރާތުން މާލޭސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޢާއިޝަތު އަލައިކާ އަދުނާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިމާލޭއަށް ވަޑައިގެން ރައީސް ވަނީ ގޭގެއަށް ޒިޔާރަތް ކުރައްވައި އާއިލާތަކުގެ ހާލަތު އޮޅުންފިލުއްވައިފައެވެ. އަދި އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލު ވަނީ އަޑުއައްސަވައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *