އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ޓޭންކަރުތައް ގެންދަން އެމެރިކާ ތައްޔާރު ނޫންކަމަށް އެގައުމުން ބުނެފިއެވެ.
އެމެރިކާގެ ހަކަތައާ ބެހޭ ބެހޭ ވަޒީރު ކްރިސް ރައިޓާ ހަވާލާދީ ބޭރުގެ މީޑިއާއިން ބުނެފައިވަނީ އެމެރިކާއަށް އަދި އެކަން ކުރެވެންނެތް ކަމަށެވެ. އެހެންނަމަވެސް ”ވަރަށް އަވަހަށް އެކަން ވާނެ،“ ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ރައިޓް ވިދާޅުވެފައިވަނީ ކަނޑުއޮޅި ހުޅުވައި ދަތުރުފަތުރު ކުރެވޭނޭގޮތް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނޫންނަމަ ”އީރާނުން ބޭނުންވެއްޖެ ހިނދެއްގައި) މުޅި ދުނިޔެ އެމީހުން ރަހީނުކޮށްފާނޭ ކަމުގެ ބިރުއެބައޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކަނޑުއޮޅު ހުޅުވުމާ ބެހޭގޮތުން އީރާނުން ބުނެފައިވަނީ އެކަން އީރާނާ ދެކޮޅަށް އެކަންކުރެވޭނޭ އެއްވެސް ބާރެއް މިދުނިޔޭގައި ﷲގެ އިރާދަފުޅާއެކު ނެތްކަމަށެވެ. ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ތެލުގެ އަގުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ.






