ރާއްޖޭގެ ދެކުން އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސި ވައިގެ މަރުކަޒަށް އީރާނުން ދިން މިސައިލް ހަމަލާތައް އިނގިރޭސިވިލާތުން ކުށްވެރިކޮށްފި އެވެ.
އިރާނުން އެ ހަމަލާ ދިފައިވަނީ ދެ މިސައިލް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެހެންނަމަވެސް އިނގިރޭސީން މީގެ އެއްވެސް ތަފްސީލެެއް އަދި ދީފައެއް ނުވެއެވެ. އީރާނާ 2،500 މޭލު ދުރުގައި އޮންނަ އިނގިރޭސީންގެ މި އަސްކަރީ މަރުކަޒަށް ދިން ހަމަލާ އަމާޒަށް ވާސިލްވި ކަމެއް ނުވަތަ ނޫންކަމެއް އިނގިރޭސީން ބުނެފައެއް ނުވެއެވެ.
އީރާނުން މިހަމަލާ ދިނީ ޑިއެގޯގާސީގެ އަސްކަރީ މަރުކަޒު ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއާއަށް ދިނުމުންނެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އިނގިރޭސި ވިލާތުން ބައިވެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް އީރާނަށް ހަމަލާ ދިނުމަށް އިނގިރޭސީންގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ވަނީ އެމެރިކާއަށް ދީފައެވެ.
މިހާރު އިނގިރޭސީންގެ ވެސް ކަންބޮޑުވުމަކީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމެވެ. އޭގެ ސަބަބުން ހަކަތައިގެ އަގު އިންތިހާއަށް ބޮޑުވެ ދުނިޔެއަށް ވަނީ ލޮޅުން އަރައިފައެވެ. އެ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް އެހީތެރިވުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންދަވަނީ އީޔޫގައި އެދެމުންނެވެ.
އިނގިރޭސި ވިލާތުން ނެރުނު ބަޔާނުގެ ކުރިން އީރާނުން ވަނީ އެ ބޭސް އަށް ހަމަލާ ދީފައެވެ.






