ކުރިއަށްއޮތް ދެތިން ހަފްތާ ތެރޭގައި އެމެރިކާ ސިފައިން އީރާނު ދޫކޮށްދާނޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ތެލުގެ އަގުހެޔޮވާނީ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެގޮތަކީ އީރާނު ދޫކޮށް އެމެރިކާ ސިފައިން ދިއުން ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނޭ ކަމަށް ވެސް ބުންޏެވެ.
”އަހަރެން ހަމައެކަނި ކުރަން ޖެހޭ ހަމައެކަނި ކަމަކީ އީރާން ދޫކޮށް ދިއުން. އޭރުން ތެލުގެ އަގުހެޔޮވާނެ.“ ޓްރަމްޕް ބުންޏެވެ. އޭނާ ބުނެފައިވަނީ ބޭނުންވީ އީރާނުގެ ވެރިކަން ބަދަލު ކުރަންކަމަށެވެ. އެކަން މިހާރު ވެއްޖެ ކަމަށް އޭނާ އެބަކިޔައެވެ. އެހެން ކަމުން މިހާރު ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން ކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ ބުނާގޮތުގައި އެމެރިކާ-އިޒްލުން ވަނީ އީރާނުގެ ހުރިނަމަ ހުރި ހުރިހާ ހަތިޔާރެއް ނައްތާލައިފައެވެ. އެހެންނަމަވެސް މިފަދަ ވާހަކަތައް މީހުން ބަލައިގަންނަނީ ހުސްވާހަކަތަކެއްގެ ގޮތުގައެވެ. އީރާނުގައި އެމީހުން ކުރަން ބޭނުންވި އެއްވެސް ކަމެއް އަދި ނުވެއެވެ. އެހެންނަމަވެސް އެގައުމާ ހަނގުރާމަ ކޮށްގެން ބަލިވާނޭކަން ކަށަވަރު ވުމުން މޮޅެތި ވާހަކަ ދައްކާފައި ކަމުން ރެކިގަންނަން ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޓްރަމްޕަކީ ޓްރަމްޕެވެ. ދައްކާ ވާހަކައާ އަމަލާ ދިމާއެއް ނުވެއެވެ. އަމަލު ކުރަނީ ދެއްކި ވާހަކައާ ސީދާ އިދިކޮޅަށެވެ. އެހެންކަމުން އޭނާ ދައްކާ ވާހަކަތަކަށް މީހުން އިތުބާރެއް ނުކުރެއެވެ. އޭނާގެ އަމިއްލަ ގައުމުގެ އަމިއްލަ ރައްޔިތުންވެސް މިހާރު ގެންދަނީ އޭނާއަށް ޖޯކުޖަހައި މަލާމާތް ކުރަމުންނެވެ.






