މީހުން މެދުވެރިކޮށް އެމެރިކާއިން ފޮނުވާ މެސެޖުތަކަކީ މަޝްވަރާއެއް ނޫން: އަރަގްޗީ

ޟަމްރަތު އަހްމަދު
އޭޕްރިލް 1, 2026

ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް ވިޓްކޯފާއި އެހެން ފަރާތްތައް މެދުވެރިކޮށް އެމެރިކާއިން މެސެޖުތަކެއް ފޮނުވަމުން ގެންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

މީހުން މެދުވެރިކޮށް ފޮނުވާ އެފަދަ މެސެޖުތަކަކީ މަޝްވަރާއެއް ކަމަށް ނުދެކޭ ކަމަށް ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ އަލްޖަޒީރާގައި ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަރވިއެއްގައި އޭނާ ވަނީ އެމެރިކާއާއެކު މަޝްވަރާ ނުކުރާކަމަށް ކަނޑައެޅިގެން ވިދާޅުވެފައެވެ.

އަރަޣުޗީ ވިދާޅުވީ އެމެރިކާއާއެކު ކުރި މަޝްވަރާތަކުގައި އެއްވެސް އިތުބާރެއްނެތް ކަމަށެވެ. އެމެރިކާގެ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ވެސް މިހާތަނަށް ދެއްވާފައިނުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމެރިކާއިން އެބުނާ މަޝްވަރާއަކީ އެއްވެސް އަސާސެއް ނެތް ބުހުތާން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަރަޣްޗީ ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ޝަރުތުތައް އެމެރިކާއަށް ބަޔާންކޮށްދެއްވައިފައެވެ. އެމެރިކާއަށް އިންޒާރު ކުރައްވަމުން އޭނާ ވިދާޅުވީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އަބަދުވެސް އީރާން ދިފާއުކުރުމުގައި އެގައުމުގެ ސިފައިންނާއި އާންމުން ތިބޭނީ ތައްޔާރަށް ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *