ސްޓެލްކޯ ބިލްޑިން/ފޮޓޯ އަވަސް

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

އަހުމަދު މުހައްމަދު
އޮކްޓޯބަރ 3, 2024

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ ކަރަންޓު ކަނޑާލަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށެވެ.

”މާލޭގެ މީޑިއަމް ވޮލްޓޭޖު ޑިސްޓްރިބިޔުޝަން ގްރިޑް ނެޓުވޯކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް 4 އޮކްޓޯބަރު 2024 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާ ދެމެދު މާލޭގެ މާފަންނު މައްޗަންގޮޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް“ ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

ކަރަންޓު ކެނޑޭ ވަގުތު  ދިމާވެދާނޭ ދަތިކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ