ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް

އިޒްރޭލަށް ފާޑު ވިދާޅުވެ ޕާކިސްތާނުގެ ދިފާއީ ވަޒީރު ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި

ޟަމްރަތު އަހްމަދު
އޭޕްރިލް 10, 2026

ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ސޯޝަލް މީޑިއާގައި އިޒްރޭލަށް ފާޑު ވިދާޅުވެ ކުރެއްވި ޕޯސްޓެއް ފަހުން ޑިލީޓު ކުރައްވައިފިއެވެ. އެ ޕޯސްޓުގެ ވިދާޅުވެފައިވަނީ އޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ބޭރުގެ މަސްދަރުތައް ބުނާގޮތުގައި އެ ޕޯސްޓް ޑިލީޓުކުރީ އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ މި ވާހަކަފުޅަށް ފާޑުކިޔަން ފެށުމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ އެ ވާހަކަފުޅަކީ އެއްވެސް ސަރުކާރަކުން ބަލައިގަންނާނޭ ބަޔާނެއް ނޫން ކަމަށެވެ.

މިނިސްޓަރ އާސިފް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އިޒްރޭލުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ކުށެއް ނެތް މީހުން މަރަމުން ގެންދާ ކަމަށެވެ. ފުރަތަމަ ޣައްޒާ ހަލާކުކޮށް އީރާނު ހަލާކުރުމަށްފަހު މިހާރު ސުންނާފަތި ކުރަމުންދަނީ ލުބުނާން ކަމަށް އާސިފް ވިދާޅުވެފައިވެއެވެ.

”ފުރަތަމަ ޣައްޒާ، ދެން އީރާން އަދި މިހާރު ލުބްނާންގައި ލޭއޮހޮރުވުން ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ،“ އާސިފް ވިދާޅުވި އެވެ. މިވާހަކަތަކަށް ޔަހޫދީ ދައުލަތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އާސިފް މި ޕޯސްޓަކީ އީރާނާއި އެމެރިކާއިން ސުލްހައިގެ ވާހަކަތައް މިއަދު ފަށަން ތައްޔާރުވެފައި އޮއްވާ ކުރެއްވި ޕޯސްޓެކެވެ. އެ ޕޯސްޓު ޑިލީޓު ކުރެއްވި ވާހަކަތަކަށް ކުޑަނަމަވެސް ހިޔަންޏެއް އެޅުނަ ނުދިނުމަށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *